އަސްލަމާއި އަފީފްގެ ނަން އަނބުރާ ގެންގޮސް ރައީސް ނަޝީދަށް ތާއިދުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމަށް މައްޗަންގޯޅި މެދު ދާއިރާގެ މެންބަރ މުހައްމަދު ނަޝީދަށް ތާއިދުކުރެއްވުމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރ މުހައްމަދު އަސްލަމް ތާއިދުކުރައްވައިފިއެވެ.
އަސްލަމްގެ މި ނިންމެވުމަށް ވިލުފުށީ ދާއިރާގެ މެންބަރ ހަސަން އަފީފްވެސް ވަނީ ތާއިދުކުރައްވާފައެވެ
މި ދެބޭފުުޅުން މަޖިލީހުގެ ރައީސްކަމުގެ ކެނޑިޑޭޓުގެ ރޭހުން ތަނާޒުލުވީ، ޕާޓީގެ އެއްބައިވަންތަކަމާއި މަސްލަހަތަށް ބުނެއެވެ.
ރައީސް ނަޝީދު ވަނީ އެ ދެ ބޭފުޅުންވެސް އެބޭފުޅާއަށް ތާއިދުކުރެއްވުމުން މިއީ ފަހު ވަގުތާއި ޖެހެންދެންވެސް ވެގެންދާނެ ކަމެއް ހީކުރިކަމެއް ނޫންކަމަށް ވިދާޅުވެފައެވެ.
އަދި އެމަނިކުފާނު ވަނީ ވަކި ހިސާބަކުން ގާތް ރައްޓެއްސަކާއި ގުޅުއްވުމަށްކަމަށްބުނެ އިދާރީ މޭޒު ދޫކުރައްވައި ވަޑައިގަންނަވާފައެވެ. ބެލެވޭ ގޮތުގައި އެމަނިކުފާނު ގުޅުއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް