50 މިލިޔަނަށްވުރެ އާމްދަނީ އިތުރުވަންޏާ އޮންލައިންކޮށް ޓެކްސް ދެއްކޭނެ!
ވިޔަފާރި ކުންފުންޏެއްގެ އާމްދަނީއަކީ 50 މިިލިޔަން ރުފިޔާއަށްވުރެ އިތުރު އަދަދެއް ކަމުގައިވާނަމަ އެ ޓެކްސްތައް އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހަމަޖައްސައިފިއެވެ.
މީރާއިން މިގޮތަށް ހަމަޖައްސާފައިވަނީ އެ އިދާރާގެ އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.
މީރާ ކަނެކްޓް ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ދެއްކޭ ގޮތަށް ހަމަޖައްސާފައިވާ ޓެކްސްތަކުގެ ތެރޭގައި ހިމެނެނީ ޖީއެސްޓީ، ވިތްހޯލްޑިން ޓެކްސް، އަދި ބީޕީޓީ އެވެ.
އެ އޮތޯރިޓީން ދަނީ ޓެކްސް ދައްކާ ފަރާތްތަކަށް ގިނަ ލުއިފަސޭހަތަކެއް ހޯދައިދެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް