ރައީސްގެ ދެކަނބަލުން ޢީދު ސަލާން ނުބާއްވަވާނެ: ތަރުޖަމާނު
ފިތުރު ޢީދުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ޝާލިހުގެ ދެކަނބަލުންނާއެކު ޢީދު ސަލާން ކުރުން ނުބާއްވާގޮތައް ހަމަޖައްސަވައިފިއެވެ.
ރައީސްގެ ރަރުޖަމާނު އިބްރާހިމް ހޫދު ވަނީ މިކަން ކަށަވަރުކޮށްދެއްވާފައެވެ.
ހޫދު ވިދާޅުވިގޮތުގައި މާދަމާ ހެނދުނު 10:30 ގައި ބާއްވަން ހަމަޖެހިފައިވާ ޢީދު ސާލާންކުރެއްވުން ވިއްސާރައިގެ ސަބަބުން ނުބާއްވަން ނިންމަވާފައިވާކަމަށެވެ.
ޢީދު ސަލާންކުރުން ވިއްސާރައިގެ ސަބަބުން ކެންސަލްކޮށްފައިވާ އިރު ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ ޢީދު ތިންދުވަހު ރާއްޖެއާށް ވިއްސާރަކުރާނެކަމަށް ބުނެފައެވެ. މިހާރުވެސް ރާއްޖޭގެ ކަންކޮޅުތަކަށް ދަނީ ވިއްސާރައިގެ އަސަރުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް