ފޮޓޯ އާންމުކުރުމާއެކު އަލްޔާ ފެނިއްޖެ: ހާލު ރަނގަޅު، ވީގޮތެއް ނުބުނޭ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ހުޅުމާލެ ފޭސް ދެއަކުން ގެއްލިގެން ހޯދަމުންދާ އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ފެނިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ގެއްލިގެން ހޯދީ ހމ. ފްލެޓްނަންބަރު 05-3-2 / މާލެ، ޢާއިޝަތު އަލްޔާ ޢަލީ (15އ) އެވެ.
އާއިލާއާ ހަވާލާދީ ފުލުހުން ބުނީ، އެ ކުއްޖާ މިހާރު ދިރިއުޅެނީ ހިޔާ ޓަވަރު 16 ގައެވެ.
ފުލުހުން ބުނީ، އަލްޔާ ގެއިން ނުކުމެގެން ގޮސްފައިވަނީ އިއްޔެ ހަވީރު 16:15 އެހާކަންހާއިރުއެވެ. އަދި އެ ކުއްޖާގެ ހަބަރެއް ނުވެގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ.
މި ރިޕޯޓް ލިބުމާއެކު، ފުލުހުންގެ ކަމާގުޅޭ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް، ކުއްޖާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ހާމަކުރީ މީގެ ދެ ގަޑިއިރު ކުރީންނެވެ.
ފުލުހުން ދެންމެ ބުނީ އަލްހާ މިހާރު ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ހާލު ރަނގަޅު ކަމަށް ބުންޏެވެ. ނަމަވެސް އާއިލާއަށް ހަބަރެއް ނުވެ އުޅުނީ ކީއްވެ ކަމެއް ނުބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް