ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޮލާޝިޕް ފުރުސަތު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް ލިބިފައިވާ ހަތް ސްކޮލަޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
ހަޔަރ އެޑިޔުކޭޝަނުން ކުރި އިއުލާނެއް ވާގޮތުން ސްކޯލަރޝިޕް ފުރުސަތު ހުޅުވާލާފައިވަނީ އެމްބީބީއެސްގެ ބެޗްލާސް ޑިގްރީގެ ހަ ސްކޮލަޝިޕަކާއި ބީޑީއެސްގެ އެއް ސްކޮލަޝިޕެވެ.
އަދި މިއީ ސާކްގެ ގައުމުތަކަށް ހުޅުވާލި ސްކޮލަޝިޕް ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއަށް ލިބުނު ފުރުސަތުތަކެކެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލުމަށް ފުރުސަތު މިހިނގާ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާއިރު، ސްކޮލަޝިޕަށް ކުރިމަތިލެވޭނީ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާ އިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވާ ފަރާތްތަކަށެވެ. ސީ ލިބުނު މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ އަދި ފިޒިކްސް ހިމެނެންޖެހެ އެވެ.
މީގެ އިތުރުންވެސް، ސްކޯލާރޝިޕް ދިނުމުގެ ޝަރުތު ތަކާއި، ކިޔެވުމުގެ ފުރުސަތު ލިބޭ ކޮލެޖުތަކުގެ އިތުރުން އިތުރު މައުލޫމާތު އިއުލާނުގައި ހިމަނާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް