”އަމާން ދޯދި“ގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިއްޖެ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 2 ގައި ހުންނަ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިން ކުއްޖަކު ވެއްޓިގެން ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، ހުޅުމާލެ ފޭސް 2 ގެ "އަމާން ދޯދި 5" ގެ ދެވަނަ ފަންގިފިލާއިން 16 އަހަރުގެ ފިރިހެން ކުއްޖެއް ވެއްޓިފައިވާ ކަމަށް ރޭގެ 23:14 އެހައިކަންހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި އެ ކުއްޖާ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދެމުންދާ ކަމަށްވެސް ބުންޏެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށާއި، މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް