ފިއުލް ސަޕްލައިގެ އެމްޑީއަކަށް ގަސަމް އައްޔަންކޮށްފި
އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސްގެ މެނޭޖިންގް ޑިރެކްޓަރކަމުގެ މަގާމަށް ތިނަދޫ އުތުުރު ދާއިރާގެ ކުރީގެ މެންބަރ މުހައްމަދު ގަސަމް ހަމަޖައްސައިފިއެވެ.
ގަސަމް މި މަގާމަށް ހަމަޖެއްސިކަން އެސްޓީއޯގެ ފަރާތުންވެސް ވަނީ ޔަގީންކޮށްދެއްވާފައެވެ.
އެބޭފުޅާ މަގާމުގެ މަސްއޫލިއްޔަތުތަކާއި ހަވާލުވެ ވަޑައިަންނަވާނީ މާދަމާއިން ފެށިގެން ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެމްޑީގެ މަގާމަށް ގަސަމް އައްޔަނުކުރީ ކުރިން އެމަގާމުގައި ހުންނެވި ގދ.ތިނަދޫއަށް ނިސްބަތްވާ ހުސެއިން ދީދީ މަގާމުން ވަކިކުރުމަށްފަހުގައެވެ.
ހުސައިން ދީީދީގެ މައްޗަށް ފިއުލް ސަޕްލައިގެ ބޯޑުން ކުންފުނިތަކަށް ކްރެޑިޓަށް ތެޔޮ ދޫނުކުރަން އަންގާފައި ވަނިކޮށް 41 މިލިއަން ރުފިޔާ ދޫކުރި ތުހުމަތުވަނީ ކުރެވިފައެވެ.
ހުސެއިންގެ މައްސަލަ އޭސީސީއޭއަށް ވަނީ ފޮނުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް