ރެއާލް މެޑްރިޑްގެ ފޯކަސް އެމްބާޕޭއަށް
ރެއާލްމެޑްރިޑްގެ ފޯކަސް މިވަގުތު ހުރީ ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާންތަރި ކިލިއަން އެމްބާޕޭ ގެނައުމަށް ކަމަށް ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކޮށްފިއެވެ.
ސްޕެއިންގެ މަޝްހޫރު ކުޅިވަރު ނޫސް "އޭއެސް" ގައި ބުނެފައިވާ ގޮތުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތްތަން ފޫބެއްދުމަށް އެމްބާޕޭ ހޯދުމަށް ރެއާލް އިން މިހާރު ވަނީ މަސައްކަތް ފަށާފައެވެ.
އެގޮތުން "އޭއެސް" ގައި ބުނެފައިވާ ގޮތުގައި އެމްބާޕޭ ގެނައުމަށް ރެއާލް އިން މަސައްކަތް ކުރާނެ ކަމުގެ އެންމެ ބޮޑު ހެއްކަކީ ރެއާލްގެ ގިނަ ސަޕޯޓަރުން ވެސް އެމްބާޕޭ ގެނައުމަށް ބޭނުންވެފައި ތިބުން ކަމަށެވެ.
އަދި ވިދިވިދިގެން 3 ވަނަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ތަށީގައި އަތް ނުލެވި ޕީއެސްޖީ ކަޓައިގެން ދިއުމާއި ދާދި ފަހުން ގަޑިއަށް ފަރުވާތެރި ނުވެގެން ބޮޑު ޖޫރިމަނާއެއް ކޮށްފައިވާތީ އެމްބާޕޭ އާއި ޕީއެސްޖީގެ ގުޅުން ރަގަޅު ނޫންކަމަށް އޭއެސް އިން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް