N/A
N/A
ހަބަރު 08 Mar 2019 | 10:24

މިއަދު ދެވޭނެ އެންމެ ބޮޑު ހަދިޔާއަކީ ހަމަހަމަ ހައްގުތައް!

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އަންހެނުންގެ ދުވަހަކީ ކޮންމެ މާޗް މަހެއްގެ އަށްވަނަ ދުވަހެވެ. މިދުވަހުގެ މައިގަނޑު މަގްސަދަކީ އަންހެނުން ބާރުވެރިކުރުމާއި އަންހެނުންނަށް ދިމާވާ ދަތިތަކާއި ތަފާތު އުނދަގޫތަކާއި ގުޅޭގޮތުން ހޭލުންތެރިކުރުވުމާއި އެކަންކަން ހުއްޓުވުމަށް މަސައްކަތްކުރުމެވެ.

ރާއްޖޭގައިވެސް އަންހެނުންގެ ދުވަސް ފާހަގަކުރާތާ ގިނަ ދުވަސްތަކެއް ވެދާނެއެވެ. އެގޮތުން ފަހަކަށް އައިސް އޮފީސް މާހައުލުތަކުގައި އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގެއެވެ. މާބޮނޑިތަކާއި ހަދިޔާ ބަދިޔާ، ފިރިހެން މުވައްޒަފުންގެ ފަރާތުން އަންހެން މުވައްޒަފުންނަށްދެޔެވެ. މިފަދަ ހަދިޔާތައްވެސް މިއަދުގެ މުނާސަބަތުގައި ދެވިދާނެއެވެ. ނަަމަވެސް ސުވާލަކީ އަންެހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެން ކަނބަލުންނަށް މުހިންމީ ހަދިޔާތައް ތޯއެވެ؟ ނޫނީ ހަމަހަމަ ހައްގުތައް ތޯއެވެ؟

މާބޮނޑިތަކުގައިވާ މަލަކީ ގުދުރަތުގެ އުސޫލުން އިސާހިތަކު މިލާ މޯޅިވާނެފަދަ އެއްޗެކެވެ. ނަމަވެސް ހައްގުތަކަކީ އަދި ބަދަލުތަކަކީ ގިނަ ދުވަހަށް ދެމި ހުންނާާނެ އެއްޗެކެވެ. މިއަދު އެހެންކަމުން އެ ކަނބަލުންނަށް މުހިންމީ ގިނަ ދުވަހަށް ދެމިގެންވާނެ ބަދަލުތަކާއި ހައްގުތައް ކަށަވަރުކޮށްދިނުމެވެ.

މިންތީގެ ތަފާތުކުރުންތަކަކީ ކޮންމެ މުޖުތަމައުއެއްގައިވެސް އޮންނަ ކަމެކެވެ. ރާއްޖޭގައިވެސް ސަރަހައްދުގެ ބައެއް އެހެނިހެން ގައުމުތަކާއި އަޅާބަލާއިރު ނިސްބަތުން ކުޑަޔަސް، މިންތީގެ ތަފާތުކުރުންތައް އެބައޮވެއެވެ. ނަމަވެސް މިންތީގެ ތަފާތުކުރުމުގެ ނިސްބަތްކުޑައޭ ބުނެ، އެކަންކަން ނައްތާލުމަށް މަސަައްކަތްނުކޮށް ތިބުމަކީ ޒަމާނީ މުޖުތަމައުއެއްގެ ސިފައެއްތޯ ސުވާލު އުފެއްދެއެވެ.

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާތު ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ އާބާދީގެ 49އިންސައްތަ އަކީ އަންހެނުންނެވެ. އެ ކަނބަލުންގެ ގާތްގަނޑަކަށް 68 އިންސައްތައަކީ 15-64 އަހަރާއި ދެމެދުގެ މަސައްކަތްކުރާ އުމުރުފުރައިގެ ފަރާތްތަކެވެ. މިފަދަ ފަރާތްތަކަށް ވަޒީފާގެ މާހައުލުން އަންހެނަކަށް ވީތީ ކުރިމަތިވާ ދަތިތަކާއި ފުރައްސާރަތަކުގެ ވާހަކަތަކަކީ އަޅުގަނޑުމެން އަބަދުމެ އަހާ ވާހަކަތަކެވެ. އެގޮތުން އެކަށީގެންވާ މިންވަރަށް މަގާމުގެ ކުރިއެރުން ނުދިނުމާއި، އެކުގައި މަސައްކަތް ކުރާ ފިރިހެނުންގެ ފަރާތުން ކުރިމަތިވާ ޖިންސީ ފުރައްސާރައިގެ ވާހަކަތަކަކީ މުޖުތަމައުގެ ގިނަ ފަރާތްތަކަށް އެނގޭ ވާހަކަތަކެވެ. ރާާއްޖޭގެ މަސައްކަތްކުރާ ފަރާތްތަކުގެ އާބާދީގެ 39 އިންސައްތަ އަކީ ކަނބަލުންނެވެ. މި އިންސައްތަ އަކީ ކުޑަ އަދަދެއްކަމުގައި ވިޔަސް، އެކަނބަލުންގެ ހައްގުތައް ރައްކާތެރިކުރުމަކީ ދީނީ އަދި އިޖްތިމާއީ ވާޖިބެކެވެ. އެކަމަށް ބާރުދޭ ގާނޫނުތައް ހެދިފައިވިޔަސް، އެގާނޫނުތައް ތަންފީޒުވާތަން ފެންނަނީ ވަރަށް މަދުންނެވެ.

އެގޮތުން އެއް މިސާލެކެވެ. މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ މިނިވަން މުއައްސަސާއެއްގެ އިސްވެރިއެއްގެ މައްޗަށް އެތަނުގެ އަންހެން މުވައްޒަފެއް ޖިންސީ ފުރައްސާރައިގެ މައްސަލައެއް ހުށައެޅުމުން، އެ މައްސަލަވެސް ރަނގަޅަށް ނުބަަލައި އޮއްބާލީއެވެ. އޭގެ ފަހުން އެ އިސްވެރިޔާ ފެނުނީ އެއަށްވުރެ މަތީ މަގާމެއްގައި ހުއްޓައެވެ. ރައްކާތެރި މާހައުލެއްގައި މަސައްކަތް ކުރުމުގެ ހައްގު ދިވެހި އަންހެނުންނަށް ނެތްތަނުގައި އަޅުގަނޑުމެން އަދިވެސް ދޭންވީ މާބޮނޑި ހެއްޔެވެ؟ ނުވަަތަ ރައްކާތެރި މާހައުލެއްގައި މަސައްކަތްކުރުމުގެ ހަމަހަމަ ހައްގު ހެއްޔެވެ؟

ދިވެހިރާއްޖޭގައި މިންތީގެ ފަރަގުތައް ނައްތާލައި، އަންހެނުންގެ ބާރުވެރިކުރުމަށް ކުރަންޖެހޭ އެންމެ ގިނަ ކަންތައްތައް ކުރަންޖެހޭނީ ދައުލަތުގެ ފަރާތުންނެވެ. ނަމަވެސް ދައުލަތުގެ ބާރުތަކުންވެސް ފެންނަނީ މިންތީގެ ތަފާތުުކުރުންތައް ހާމަަކަންބޮޑު ގޮތެއްގައި އޮތްކަމެވެ.

އެގޮތުން 2017ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގެ 653ކައުންސިލަރުންގެ ތެރެއިން އަންހެން ކައުންސިލަރުންގެ އަދަދަކީ 40އަންހެނުންނެވެ. އަދި 3522 ފުލުހުންގެ ތެރެއިން އަންހެން ފުލުހުންގެ އަދަދަކީ 329 އޮފިސަރުންނެވެ. ކައުންސިލަރުންނާއި ފުލުހުންނަކީ ވަރަށް ގިނަ ކަންކަމުގައި އަންހެނުން އެ ފަރާތްތަކުގެ ކައިިރިން ހިދުމަަތް ހޯދަންދާ ފަރާތްތައް ކަމުގައިވާއިރު، މިއީ އެ ފަރާތްތަކަށް ދިމާވާ މައްސަަލަތައް ރިޕޯޓްކޮށް، ބަލައި އަދި ހައްލުުކުރުމުގައި ދަތިތަކާއި ކުރިމަތިލާންޖެހޭ ސަބަބަކަށް ވެދާނެއެވެ.

ޕޮޓޯ: މޯލްޑިވްސް އިންޑަޕެންޑެންޓް

މިންތީގެ ތަފާތުކުރުންތައް ނައްތާލުމުގައި ގާނޫނީ ބާރުވެރިކަން ފޯރުކޮށްދޭ ރައްޔިތުންގެ މަޖިލިސްވެސް އޮތީ އިންތިހާއަށް މިންތީގެ ފަރަގު އޮތް ތަނެއްގެ ގޮތުގައެވެ. އެގޮތުން މި ހިނގާ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވީ އެންމެ ފަސް އަންހެން މެންބަރުންނެވެ. މިކަމުގެ ސަބަބުން އަންހެނުންގެ ހައްގުގައި މުހިންމު ބިލްތަކަށް އެކަށީގެންވާ ބަހުސް ނުުކުރެވޭ ފަހަރު އާދެެއެވެ. އެގޮތުން ދާދިފަހުން މައްސަރުގެ ދުވަސްވަރު ބޭނުންކުރެވޭ ޕެޑްފަދަ ބާވަތްތަކުން ޓެކްސް އުވާލުމަށް ހުށައެޅުނު ބިލްގެ ބަހުސްގައި މަޖިލިސް ޗެންބަރގައި ތިއްބެވި ބައެއް ފިރިހެން ބޭފުޅުން ހީހީފައި އުޅުނު މަންޒަރު ފެނިފައިވެއެވެ. އެހެންކަމުން އަދިވެސް ފޯރުކޮށްދޭންވީ ކޭކާއި ޗޮކުލެޓު ހެއްޔެވެ؟ ނުވަަަތަ މަޖިލިސް ފަދަ ގާނޫނު ހަދާ ތަންތަނަށް އަންހެނުން ކުރިމަތިލުމުގެ އިތުރު ފުރުސަތުތައް ހެއްޔެވެ؟

ތަފާސްހިސާބުތައް ދައްކާގޮތުގައި ރާއްޖޭގެ ކޮންމެ ހަތަރު އަންހެނަކުން އެކަކީ އުމުރުގެ ކޮންމެވެސް ހިސާބެއްގައި ކޮންމެވެސް ސިފައެއްގެ ގެވެށި އަނިޔާއެއްގެ ޝިކާރައަކަށް ވެފައިވާ ފަރާތްތަކެކެވެ. މިފަދަ ގިނަ އަންހެނުންނަށް ގެވެށި އަނިޔާ ކުރިމަތިވެފައިވަނީ ލޯބިވެރިޔެއް ނުވަތަ އިނދެގެން އުޅޭ ފިރިމީހާގެ ފަރާތުންނެވެ. އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އަންހެންވެރިން އެދެނީ އެފަދަ މައްސަަލަތައް ފަސޭހައިން ރިޕޯޓްކުރެވޭނެ އިންތިޒާމްތައް ކަނޑައަޅައި، އަވަަހަށް އިންސާފުވެރިކަމާއި އެކު މައްސަލަ ބެލޭނޭ ނިޒާމެކެވެ. އޮފީހުގެ ފިރިހެނުންނަކީ ކޭޓަރަރއަކަށް ގުޅައިގެން ކާއެއްޗެހި އަތުރާލެވޭނެ ބައެއްކަން ދައްކަން ބާއްވާ ސައިޕާޓީއެއް ނޫނެވެ.

ތެދެކެވެ. އަންހެނުންގެ ދުވަހުގައި އަންހެނުން ވާ ގުރުބާނީތަކުގެ އަގުވަޒަންކުރުމަށް އެކަނބަލުންނަށް ކުދި ހަދިޔާތައް ދިނުމަކީ މައްސަލައެއް ނޫނެވެ. ނަަމަވެސް މައްސަލައަކީ އެހިސާބުން އެދުވަސް ފާހަގަކުރުން ނިންމާލުމެވެ. އަންހެނުންގެ ހައްގުތައް ހިމާޔަތްކޮށް، އެފަރާތްތައް ބާރުވެރިކުރުވާނެކަމަށް ބުނުމަށްފަހު އެކަމަށް ހަގީީގީ ފިޔަވަޅެއް ނޭޅުމެވެ. ވިސްނާލައްވާށެވެ. އާބާދީގެ 49 އިންސައްތަ މިއަދު އަގުބޮޑު ހަދިޔާއަކަށްވުރެ އެދެނީ އިޖްތިމާއީ މިންގަނޑުތަކުން ލިިބިދޭންޖެހޭ ހަމަހަމަ ހައްގުތަކަށެވެ. މިކަންތައްތައް ފުރިހަމަވާނީ ކޮން ދުވަހަކުން ބާވައެވެ؟

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...