ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފް ކޮށްފި
ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖެއަށް މާސްޓަރކާޑް ތައާރަފް ކޮށްފިއެވެ.
މާސްޓަރކާޑް ތައާރަފްކޮށްފައި މިވަނީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ވިޔަފާރީގެ މުޢާމަލާތްކުރެވޭނެ މަގުފަހިކުރުމުގެ ގޮތުންނެވެ.
މިއަދު ހެނދުނު ކްރޮސްރޯޑްސްގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި، މާސްޓަރކާޑްގެ ހުރިހާ ޕްރޮޑަކްޓްތަކެއްްވަނީ ތައާރަފް ކޮށްފައެވެ.
މީގެ ތެރޭގައި މާސްޓަރކާޑް ބިޒްނަސް ޑެބިޓް ކާޑާއި ޕްރީމިއަމް މާސްޓަރކާޑް ވޯލްޑް ކްރެޑިޓް ކާޑު ހިމެނެއެވެ.
އަލަށް މި ތައާރަފް ކުރެވުނު މާސްޓަރކާޑް އަދި މިހާރު ބޭނުންކުރެވޭ ހުރިހާ މާސްޓަރކާޑް ޕްރޮޑަކްޓްސްތަކަކީ ފަސޭހަކަމާއި، ރައްކާތެރިކަމާއެކު ޕޭމަންޓް ހެދުމަށް ކޮންޓެކްޓްލެސް ޕޭމަންޓް ހެދޭގޮތަށް ފަރުމާކޮށްފައިވާ ކާޑު ތަކެކެވެ. މާސްޓަރކާޑް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަނަރ ޢަލީ ހާޝިމް އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް