އެއްވެސް ދަތިކަމެއް ނެތި ފިޔާ މިހާރު އެތެރެކުރެވޭނެ: ޚާރިޖިއްޔާ
މިހާރު އެއްވެސް ދަތިކަމެއްނެތި އިންޑިޔާއިން ރާއްޖެއަށް ފިޔާ އެތެރެކުރެވޭނެކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނީ އިންޑިއާއިން ދިވެހިރާއްޖެއަށް ފިޔާ އެތެރެކުރުމުގައި ދިވެހި ވިޔަފާރިވެރިންނަށް ކުރިމަތިވަމުންދިޔަ މައްސަލަތައް ހައްލުކުރެވިފައިވާކަމަށެެވެ.
އެހެންކަމުން، ދަތިކަމެއް ނެތި މިހާރު ފިޔާ އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ސަރުކާރުން ދޭ ކަމަށް ވަނީ ބުނެފައެވެ.
ފިޔާގެ ދަތިކަން ރާއްޖެއަށް ކުރިމަތިވެފައިމިވަނީ ފިޔާ ރާއްޖެ އެންމެ ގިނައިން އެތެރެކުރާ އިންޑިއާއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، އެގައުމުން ފިޔާ އެކްސްޕޯޓު ކުރާ މިންވަރު ކޮންޓްރޯލް ކޮށްފައިވާތީ އެވެ.
މިއާއި އެކު ބާާޒާރުގައި ފިޔާާ ބަސްތާއެއްެގެ އަގު ވަނީ 1000 ރުފިޔާއަށް އުފުލިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް