މޯލްޑިވިއަންގެ ޑީއެފްއޯ އަމީން މަގާމުން ވަކިކޮށްފި
މޯލްޑިވިއަންގެ ޑިރެކްޓަރ އޮފް ފްލައިޓް އޮޕަރޭޝަންގެ މަގާމުގައި ހުރި މުހައްމަދު އަމީން މަގާމުން ވަކިކޮށްފިއެވެ.
އަމީން މަގާމުން ވަކިކޮށްފައިވަނީ ކުންފުނީގެ ބޯޑުގެ އިރުޝާދުގެ ދަށުން ރީސްޓްރަކްޗަރ ކުުރުމުގެ މަސައްކަތްތަކުގެ ދަށުންނެވެ.
ނަމަވެސް އޭނާ މޯލްޑިވިއަންއިން ވަކިކުރިކަން އެނގިފައެއް ނުވެއެވެ.
މިއަހަރުގެ ފެބްރުއަރީ މަހުގައި ކެބިންކްރޫންނާއި ޕައިލެޓުން އިހުތިޖާޖަށް ދާނެކަމުގެ އިންޒާރު ދިނުމުން އަމީން ވަނީ އެފަރާތްތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތުން ދުރުކޮށްފައެވެ.
އަމީންއަކީ ޕައިލެޓުންނާއި މެދު ތަފާތުކޮށް، ބޭއަދަބީ ބަހުން މުއާމަލާތުކުރާ މީހެއްކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް