ހޯމް މިނިސްޓްރީގެ މީޑިޔާ ޑިރެކްޓަރަކަށް ހަފްސީ އައްޔަންކޮށްފި
ހޯމް މިނިސްޓްރީގެ މީޑިޔާ ޑިރެކްޓަރުގެ މަގާމަށް ކުރީގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ހަފްސީ އަބްދުﷲ އައްޔަންކޮށްފިއެވެ.
ހަފްސީ މި މަގާމަށް އައްޔަންކުރިކަން ހޯމް މިނިސްޓްރީގެ ފަރާތުން ވަނީ ޔަގީންކޮށްދެއްވާފައެވެ.
ގިނަ ދުވަސްތަކެއްވަންދެން ޕީއެސްއެމްގައި ހަރަކާތްތެރިވުމަށްފަހު ހަފްސީ މިދިޔަ އަހަރު މަގާމުން އިސްތިއުފާ ދިނީ އެތަނުގެ ކަންކަމާއި މެދު ހިތްހަމަ ނުޖެހިގެންނެވެ.
ހަފްސީ ވަނީ، އޭރުގެ އިދިކޮޅު ކެމްޕެއިންގައިވެސް ހަރަކާތްތެރިވެފައެވެ. ނިމިގެން ދިޔަ އެމްޑީޕީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި އޭނާ ވަނީ ވާދަކޮށް ނާކާމިޔާބުވެފައެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް