މިފްކޯގެ އިސް މަގާމަކަށް އާތިފް ޝަކޫރު އައްޔަނު ކޮށްފި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ އިސް މަގާމަކަށް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް އާތިފް ޝަކޫރު އައްޔަނު ކޮށްފި އެވެ.
މި މަހުގެ ފުރަތަމަ ދުވަހު އާތިފް އައްޔަނު ކޮށްފައި ވަނީ ސްޓްރެޓެޖިކް ކޮންސަލްޓެންޓްގެ މަގާމަށެވެ. އެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތަކާއި ކުންފުނީގެ އެކި ކަންކަމާއި ގުޅޭގޮތުން އެމްޑީ އަދި ސީއީއޯއަށް ލަފާ އެރުވުމެވެ.
އާތިފް ވަނީ މިފްކޯގައި ވަރަށް ގިނަ އަހަރުތަކަކު ހިދުމަތް ކުރައްވާފަ އެވެ.
މިފްކޯގެ އެމްޑީ އަދި ސީއީއޯގެ މަގާމުން ވިޓާލީ ލިއުބިމޮވް ވަކިކޮށް ބްރިގޭޑިއަރ ޖެނެރަލް (ރޓ) ފަރުޙަތު ޝަޙީރު އައްޔަނު ކުރީ މެއި މަހުގެ ފަސްވަނަ ދުވަހު އެވެ.
ސަރުކާރުގެ މަސް ކުންފުންޏަކަށް ވެރިއަކު ހޯދަން އިއުލާނު ކުރުމުން އާތިފް ކުރިމަތިލި އެވެ. ނަމަވެސް އެ ފަހަރު ކުރިމަތިލީ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާ ޕީސީބީން އެ އިއުލާނު ބާތިލުކުރީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް