ފަޅުރަށެއްގައި އަނިޔާވެރިކޮށް އެކު އައްސާފައި އޮތް ވެލައެއް ފެނިއްޖެ
ރ.އަތޮޅުގެ ފަޅުރަށެއްގައި ވަރަށް އަނިޔާވެރިކޮށް އައްސާފައި އޮތް ވެލައެއް ފެނިއްޖެއެވެ.
އެންވަޔަރަމެންޓް މިނިސްޓްރީއާއި އީޕީއޭގެ ޓީމަކުން ދަނީ މި ވެލާ ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އެނގިފައިވާ ގޮތުގައި މި ވެލާ ފެނިފައިވަނީ ރ. އުނގުލުންނެވެ. އެންވަޔަރަމެންޓް މިނިސްޓްރީން އާންމުކުރި ފޮޓޯއެއްގައިވާ ގޮތުގައި މި ވެލާ އައްސާފައި އޮތީ ގަހެއްގައި ރޯނެއް ބަނދެގެންނެވެ. ބެލެވޭ ގޮތުގައި މި ވެލާ އައްސާފައި އޮތީ މަރާލުމުގެ ނިޔަތުގައެވެ.
މި ވެލާ ސަލާމަތްކުރުމަށް މަސައްކަތްކުރަމުންދާ ޓީމްގައި މިނިސްޓްރީގެ އެގްޒެކަޓިވް ޑިރެކްޓަރ އަހުމަދު މުޖުތަބާ ހަރަކާތްތެރިވަމުންދެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ވެލަޔަކީ ރާއްޖޭގައި ހިމާޔަތްކޮށްފައިވާ އެއްޗެކެވެ. ނަމަވެސް ވެލާމަހާއި ވެލާބިހަށްޓަކައި އަދިވެސް ގިނަ ބަޔަކު ވެލާ ކަހަނބު މަރައި ހަދައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް