އީދު ދުވަހުގެ ހަވީރު ހުޅުމާލޭގައި ވެހިކަލް ނުދުއްވޭނެ!
މާދަމާ އަކީ ހުުޅުމާލޭގެ މަގުތަކުގައި ފައިމަގުގައި އުޅޭ ދުވަހެއްގެ ގޮތުގައި ކަނޑައަޅައިފިއެވެ.
ޓްރާންްސްޕޯޓް އޮތޯރިޓީން ބުނީ މާދަމާ ހަވީރު 4އިން ފެށިގެން އިރުއޮއްސި ހަޔެއް ޖަހަންދެން ހުޅުމާލޭގެ މަގުތަކުގައި އާންމު ވެހިކަލްތައް ދުއްވުމަކީ މަނާކަމެއް ކަމަށެވެ.
މި ވަގުތުގައި ދުއްވޭނެ ވެހިކަލްތަކަކީ ޚާއްސަ ހުއްދައަކާއި އެކު ދުއްވޭނެ ވެހިކަލްތަކެކެވެ.
އެއީ ސަލާމަތީ ބާރުގެ ވެހިކަލްތަކާއި އަދި އެމްބިއުލާންސްއާ ހާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވާ ސައިކަލާއި ހުޅުމާލެއާއި މާލެ ދެމެދުގައި ދަތުރުކުރާ ބަހުގެ އިތުރުން ދުއްވަން ހުއްދަ ދެވޭ އުޅަނދު ތަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް