ކުރިއަށް އޮތް ހަތަރު މަހު، ޢާންމުކޮށް ވެހޭވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ: މެޓް އޮފީސް
ކުރިއަށް އޮތް ހަތަރު މަހު، އުތުރާއި މެދުރާއްޖެތެރެއަށް ޢާންމުކޮށް ވެހޭވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެކަމަށް ދިވެހިރާއްޖޭގެ މޫސުމާ ބެހޭ އިދާރާ (މެޓް އޮފީސް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މި އަހަރުގެ ޖޫން, ޖުލައި, އޮގަސްޓް އަދި ސެޕްޓެމްބަރު މަހު އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް ޢާންމުކޮށް ވާރޭވެހޭ މިންވަރަށް ވުރެ އިތުރަށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އަދި ރާއްޖޭގެ ދެކުނަށް އެ ހަތަރު މަހު، ވާރޭވެހޭނީ ޢާންމުކޮށް ވެހޭ މިންވަރަށްވުރެ މަދުން ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.
މީގެ އިތުރުން މެޓް އޮފީހުން ބުނެފައިވަނީ، ޖޫން މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިވެހިރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް ފިނިހޫނުމިން އެންމެ މައްޗަށް ދާނެ މިންވަރާއި އެންމެ ދަށަށް ދާނެ މިންވަރު ވެސް, ޢާންމު މިންވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް