އާރުޑީސީން ރ. މަޑުއްވަރީ ކުޑަކުދިންގެ ޕާކުގައި ޓާފްއެޅުމުގެ މަސައްކަތްކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރ. މަޑުއްވަރީ ކުޑަކުދިންގެ ޕާކުގައި ޓާފްއެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ.
މިކަމާ ގުޅޭގޮތުން އާރުޑީސީން ބުނ، މިއީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދެވުނު މަސައްކަތެއްކަމަށެވެ. މިކަމާ ގުޅޭގޮތުން އާރުޑީސީން ބުނީ މި މަސައްކަތް އާރުޑީސީން ފެށީ އިއްޔެ ކަމަށެވެ. މަސައްކަތް ހަމަ އެދުވަހު ނިމިފައިވާކަމަށް އެކުންފުނިން ވަނީ ބުނެއެވެ.
އާރުޑިސީން އަންނަނީ ރައްޖޭގެ އެކި ސަރަހައްދުތަކުގައި މަޝްރޫޢުތަކުގެ އިތުރުން އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން އެކިއެކި ކަންކަން ކޮށްދެމުންނެވެ.
އާރުޑީސީން މަޑުއްވަރީ ކުޑަކުދިންގެ ޕާކްގައި ޓާފްއެޅުމުގެ މަސައްކަތް ނިންމާލާފައިވާއިރު، މި ޕާކަކީ 2022 ވަނަ އަހަރު ތަރައްޤީކޮށް ނިންމި ޕާކެކެވެ. މަޑުއްވަރީ ކައުންސިލުން ކުޑަކުދިންގެ ޕާކްގައި ޓާފް އެޅުމުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރީ މިދިޔަ ހަފްތާގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް