މާލޭގައި ދިރިއުޅޭ ބުޅާ: ފޮޓޯ/ ވޮއިސް
މާލޭގައި ދިރިއުޅޭ ބުޅާ: ފޮޓޯ/ ވޮއިސް
ދީން 21 Aug 2024 | 02:24

ބުޅާ މަސް ކެއުމަކީ ޙަރާމް ކަމެއްތަ؟

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މިދިޔަ ހޯމަ ދުވަހު މުޅި ދިވެހިރާއްޖެވެސް ސިއްސުވާލައި “މޭނުބައި ކުރުވި” ޚަބަރަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަރަފާތު ޙޮސައިން، މާލޭގައި ދިރިއުޅެމުންދާ ބުޅާތައް ހިފައި، އޭގެ މަސް ކައްކައިގެން ކައިބޯ ތަކެތި ހަދައިގެން ވިއްކާ ކަމުގެ ޚަބަރެވެ.

މިޚަބަރާއި ގުޅިގެން އެތައް ބައެއްގެ ބޮޑެތި ކަންބޮޑުވުންތައް ހުރި އިރު، ބުޅަލުގެ މަސް ކެއުމުގެ ޙުކުމާއިމެދުވެސް ގިނަ ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެގޮތުން، “ދާރިސް ޓީވީ” ގެ ރޭގެ ޢިލްމީ ޚަޒާނާ ޕްރޮގްރާމްގައިވެސް މީހަކު ވަނީ ދީނީ ޢިލްމުވެރިޔާ އައްޝައިޚް އަބްދުއްސަލާމް ދާވޫދާއި އެ ސުވާލު ކޮށްފައެވެ.

ސުވާލަށް ޖަވާބު ދެއްވަމުން ޝެއިޚް ވިދާޅުވީ، ކީރިތި ޤުރުޢާނުގައި މާތް الله ޞުބުޙާނަހޫ ވަތަޢާލާ ޙަރާމް ކުރައްވާފައިވަނީ އޫރުމަސް ކެއުން ކަމަށެވެ.

“އެހެން ނަމަވެސް، ރަސޫލާ ސޢވ އަޅުގަނޑުމެންނަށް މަނާ ކޮށްފައުވޭ، ޝިކާރަކޮށްގެން، ކައިއުޅޭ ބާވަތުގެ، މާނައަކި އޭގެ ފޭރާދަތް ދިގުކޮށް ހުންނަ، ނިޔަފަތި އަޅުވައިގެން އެއްޗެހިކައިއުޅޭ ކޮންމެ އެއްޗެއްވެސް. އެއަށް އަރަބި ބަހުގައި މި ކިޔަނީ ސިބާޢު. މާނައަކީ އެސޮރުގޮސް އެހެން ޖަނަވާރުތަކަށް އެޓޭކްކޮށް ނުވަތަ ހަމަލާދީގެން، ދަތް އަޅައިގެން ވަކިއަޅުވައުގެން ނޮޅަމުން ކާ އެއްޗެހި. އެއިން ކޮންމެ އެއްޗެއްވެސް ޙަރާމްވާނެ މަސް ކެއުން. އޭގެ ތެރޭގައި ބުޅާވެސް ހިމެނޭ. އެހެންވީމާ ބުޅާ މަސްވެސް ހިމެނޭނީ ޙަރާމް މަސް ތަކުގެ ތެރޭގައި.”

ޝެއިޚް އަބްދުއްސަލާމް ދާވޫދު

ބުޅަލުގެ މަސްކެއުން ދީނީ ގޮތުން ޙަރާމް އިރު، އެއީ ސިއްޙީ ގޮތުންވެސް ބަލިތައް ޖެހުމަށް މެދުވެރުވާ ސިއްޙަތައް ނުހަނު ގެއްލުންހުރި އެއްޗެއް ކަމަށް ސިއްޙަތާއި ބެހޭ ތަޖުރިބާކާރުން ބުނެއެވެ.

އެހެންކަމުން، ނޭނގި ނަމަވެސް މިފަދަ ނުރައްކާތެރި އެއްޗެހި ކެއުމުން ސަލާމަތްވުމަށް، އަމިއްލައަށް ގޭގައި ތައްޔާރުކުރާ ކާނާ ތިމާއަށާއި ޢާއިލާއަށް ކާންދިނުމަކީ މުހިންމު ކަމެކެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް