ސުއޫދުގެ މައްސަލައެއް ކްރިމިނަލް ކޯޓުން ބަަލަނީ
ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑޭގޮަތަށް ވާހަކަދެއްކިކަމަށްބުނެ، މަރާލެވިފައިވާ އަދި ގެއްލިފައިވާ ފަރާތްތަކުގެ ރިޔާސީ ކޮމިޝަންގެ ރައީސް، އަލްއުސްތާޛު ހުސްނުއްސުއޫދުގެ މައްސަަލަ ބެލުމަށް އެކޯޓުން ނިންމައިފިއެވެ.
މިގޮތަށް އެކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމައި ވަނީ އިއުލާންކޮށްފައެވެ.
އެ އިއުލާނުގައި ކްރިމިނަލް ކޯޓުން ބުނެފައިވަނީ ކޯޓުގެ ހުރުމަތާއި ކަރާމާތާއި ހައިބަތު ނަގާލައި، ކޯޓުންގެ ފަނޑިޔާރުންނާއި މުވައްޒަފުން ބަދުނާމުވާ ގޮތަށް މީޑިއާއަށް މައުލޫމާތުދީ، ވާހަކަ ދެއްކި މައްސަލަ "ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު"ގެ ދަށުން ކޯޓުގެ ހުރުމަތް ކެނޑި މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އެ މައްސަލައިގެ ފުރަތަމަ އަޑުއެހުން ވަނީ މާދަމާ މެންދުރުފަހު 2ޖަހާއިރަށް ތާވަލްކޮށްފައެވެ.
މި މައްސަލަ ބައްލަވާނީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް