ރެއާލް މެޑްރިޑްއަށް ނޫނެކޭ ބުނެ މެންޗެސްޓާ ޔުނައިޓެޑްގައި ރަޝްފޯޑް މަޑުކުރަނީ
ރެއާލް މެޑްރިޑްގެ ހުށަހެޅުންތަކަށް ނޫނެކޭ ބުނެ މާކަސް ރަޝްފޯޑް މެންޗެސްޓާ ޔުނައިޓެޑުގައި މަޑުކުރަން ނިންމައިފިކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.
ކުރިއަށް އޮތް ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓުގައި ރަޝްފޯޑް މެޑްރިޑަށް ގެންދިއުމަށް މެޑްރިޑުންވަނީ މިދިޔަ ނޮވެންބަރު މަހުންފެށިގެން މަސައްކަތްކޮށްފަ ކަމަށައި ރެއާލްގެ ހުށަހެޅުންތަށް އޭރު ރަޝްފޯޑް އަޑު އަހަމުން ދިޔަ ނަމަވެސް މިހާރު އޭނާ ޔުނައިޓެޑް ދޫކޮށްނުލަން ނިންމާފައިވާ ކަމަށްވެސް އިނގިރޭސީ މީޑިއާތަކުން ބުނެއެވެ.
ރެއާލްގެ ހުށަހެޅުންތަކަށް މީގެ ކުރިން ރަޝްފޯޑް ބީރު ކަންފަތެއް ނުދިނީ މޮރީނިއޯގެ އިރުޝާދުގެ ދަށުން ކުޅެމުން ދިޔަ ޔުނައިޓެޑުގެ ފުރަތަމަ 11 އިން ގަވައިދުން ޖާގަ ނުލިބުމުން ކަމަށް ގަބޫލުކުރެވެއެވެ.
ކްލަބް ބަދަލު ކުރުމައި ގުޅޭ ގޮތުން އޭނާގެ ނިންމުން މިހާރު ބަދަލުވެފައިވަނީ ޔުނައިޓެޑްގެ ކޯޗް ކަމުން މޮރީނިއޯ ވަކިކޮށް މި ސީޒަން ނިމެންދެން ކްލަބް ލެޖެންޑް ޝޯލްޝާ ކްލަބްގެ ކޯޗްކަމައި ހަވާލުވެފައިވާތީ ކަމަށް ބެލެވެއެވެ.
ޝޯލްޝާގެ ގޭމް ޕްލޭންގެ މުހިންމު ކުޅުންތެރިޔަކަށް އުމުރުން 21 އަހަރުގެ ރަޝްފޯޑްވެފައިވާއިރު އޭނާވަނީ އެންމެ ފަހުން ކުޅުނު ތިން މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް