N/A
N/A
ހަބަރު 30 Jul 2019 | 09:32

ފޮޓޯއެއް ފޮނުވާލައިގެން މުޅި ލާމަށް ދިއުމުގެ ފުރުސަތު

ލާމު އަތޮޅު ޕްރަމޯޓް ކުރުމަށް ހަރަކާތްތެރިވާ ވިޒިޓް ލާމު އާއި ލާމު އަތޮޅުގައި ހިންގަމުން އަންނަ ރިސޯޓެއް ކަމަށްވާ ސިކްސް ސެންސަސް އިން ހިންގަމުން އަންނަ މޯލްޑިވްސް އަންޑަރވޯޓަރ އިނިޝިއޭޓިވް އާއި ގުޅިގެން ލާމު އަތޮޅުގައި ފޮޓޯ ގްރަފީ މުބާރާތެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.

"ވޮއިސް" އަށް މަޢުލޫމާތު ދެމުން ވިޒިޓް ލާމު އިން ބުނެފައިވަނީ މިމުބާރާތަކީ ލާމު އަތޮޅުގެ ރީތިކަން ފޮޓޯތަކުން ދައްކަމުން އަންނަ ފޮޓޯ ގްރާފަރުންނަށް އެމީހުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމަށް ހިންގާ ހަރަކާތްތެއް ކަމަށެވެ.

ޖުމްލަ 4 ދާއިރާއަކުން އެއްވަނަ ހޮވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުށަހަޅާލާފައެވެ. މިމުބާރާތުގައި ބައިވެރިވާ ފަރާތްތަކަށް ތަފާތު އެކި ފަންނު ތަކުގެ ފޮޓޯ ހުށަހެޅުމުގެ ފުރުސަތު އޮންނާނެެވެ. މިމުބާތުގައި 4 ހޮވުމަށް ހަމަޖެހިފައިވަނީ، ހުރިހާ ގޮތަކުން އެންމެ ރީތި ފޮޓޯ ނަގާ ފޮޓޯ ގްރާފަރަކަށް "ލާމު ފޮޓޯ ގްރަފަރ އޮފް ދަ އިޔަރ" އާއި ތާރީޚީ ފޮޓޯ ނެގުމަށް އެންމެ މޮޅު ފޮޓޯ ގްރާފަރަކަށް "ލާމު ކަލްޗަރަލް ފޮޓޯގްރާފަރ އޮފް ދަ އިޔަރ" ގްރާފަރާއި ޤުދުރަތީ ރީތިކަން ދައްކައިދޭ ފޮޓޯ ނެގުމަށް އެންމެ މޮޅު ފޮޓޯ ގްރަފަރަކަށް، "ލާމު އެންވައިރޮމެންޓަލް ފޮޓޯގްރާފަރ އޮފް ދަ އިޔަރ" އެވެ. އަދި ޒުވާން ފޮޓޯ ގްރާފަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން، "ލާމު ޔޫތް ފޮޓޯ ގްރާފަރ އޮފް ދަ އިޔަރ" އެވެ.

https://visitlaamu.org/

މިމުބާރާތުގައި ވަނަ ވަނައަށް ހޮވޭ ފަރާތްތަކަށް ލާމު އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ ހުރިހާ ޚަރަދެއް ކުރާނީ މި މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުންނެވެ. ރަށްރަށަށްކުރާ ދަތުރުގައި ރަށްރަށުގައި ހުންނަ އާޘާރީ ތަންތަނުގެ ފޮޓޯ ނެގުމާއި މީހުންނާއި ތަންތަނުގެ ޕްރަފައިލް ނެގިގެންދާނެއެވެ.

މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނީ 1 ސެޕްޓެންބަރ 2019 ވަނަ ދުވަހާ ހަމައަށެވެ. އަދި މިމުބާރާތުގެ ވަނަތައް ހޮވުމަށް ހަމަޖެހިފައިވަނީ 14 ސެޕްޓެންބަރ 2019 ވަނަ ދުވަހު ބާއްވާ ލާމު ޓާޓަލް ފެސްޓިވަލްގެ ތެރެއިންނެވެ. ނަމަވެސް 7 ސެޕްޓެންބަރ ވަނަ ދުވަހު ވަނަތައް ލިބުނު ފަރާތަކަށް އެކަން އެކަން އަންގާނެއެެވެ. މުބާރާތުގެ ޤަވާޢިދުތަކާއި މުބާރާތާއި ގުޅޭ އެހެނިހެން މަޢުލޫމާތު ވިޒިޓް ލާމުގެ ވެބްސައިޓުން ލިބޭނެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...