ޑިފެންސް މިނިސްޓްރީގެ ނައިބުކަމަށް ބޭފުޅަކު ހަމަޖައްސައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ޑިފެންސްގެ ނައިބުގެ މަޤާމަށް މައްޗަންގޮޅީ މާވެޔޮ ވިލާ، އަލްއުސްތާޛު ޙަސަން ޒަމީލު ޢައްޔަނު ކުރައްވައިފިއެވެ.
އަލްއުސްތާޛު ޙަސަން ޒަމީލަކީ މާސްޓަރ އޮފް ލޯ ހާސިލުކުރައްވައިފައިވާ ބޭފުޅެކެވެ.
ޙަސަން ޒަމީލު މީގެ ކުރިން އަދާކުރައްވައިފައިވާ މަޤާމުތަކު ތެރޭގައި މިނިސްޓްރީ އޮފް ޓޫރިޒަމްގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، މިނިސްޓްރީ އޮފް ޓޫރިޒަމް އަރޓްސް އެންޑް ކަލްޗަރގެ ޑެޕިއުޓީ ޑިރެކްޓަރ ކަން ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް