ޕާކިސްތާނުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަށް ކޮމްޕިއުޓަރުތަކަކާއި ލެޕްޓޮޕްތަކެއް ހަދިޔާ ކޮށްފި
ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ކޮމްޕިއުޓަރ ސިސްޓަމްތަކާއި ލެޕްޓޮޕްތަކެއް ހަދިޔާ ކުރައްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަ ކުރެއްވި ގޮތުގައި، ޕާކިސްތާނުން އެ ވުޒާރާއަށް ހަދިޔާކޮށްފަިއވަނީ 10 ކޮމްޕިއުޓަރު ސިސްޓަމަކާއި ހަތް ލެޕްޓޮޕްއެވެ.
މި ހަދިޔާ ހަވާލުކޮށްދެއްވީ މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރ، ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީއެވެ.
އަދި މިނިސްޓްރީގެ ފަރާތުން އެ ތަކެއްޗާއި ހަވާލުވެވަޑައިގަތީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އިސްވެރިންނާއި ޕާކިސްތާނު ހައި ކޮމިޝަނުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް