ދިރާސީ އާ އަަހަރު ފެށޭނީ ޖެނުއަރީ 12ގައި!
އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށޭނީ 2020ވަނަ އަހަރުގެ ޖެނުއަރީމަހުގެ 12ވަނަ ދުވަހުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
މިއަދު ވަނީ މިއަހަރުގެ ދިރާސީ އަހަރު ނިންމާލުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ރިޕޯޓްފޯމް ހަވާލުކޮށްފައެވެ. މިއާއި އެކު ދަރިވަރުންނަށް ވަނީ ދޮޅުމަސް ދުވަހުގެ ބޮޑު ޗުއްޓީއެއް ފެށިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި އަންނަ ދިރާާސީ އަހަރުގައި ދަރިވަރުން ކިޔެވުމަށް ބޭނުންކުރާ ފޮތްބައި ވަނީ މިހާރު ހަވާލުކުރެވިފައެވެ.
އަންނަ އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ސްކޫލްތަކުގައި ހެނދުނުގެ ނާސްތާގެ ޕްރޮގްރާމް ފަށައި، އެއް ދަންފަޅިއަކަށް ބަދަލުކުރުމަށް ވަނީ އަމާޒުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް