N/A
N/A
ހަބަރު 19 Dec 2019 | 17:21

ސިއްހީ ހިދުމަތްތެރިން ގޭގެއަށް ގޮސް، މައުލޫމާތު ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި

ރަށްރަށުގެ އާއްމު ސިއްހީ ހިދުމަތްތެރިން، ގަވައިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ހާލުއަހުވާލު ބަލައި، ސިއްޙީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ލ. ހިތަދޫ ސިއްހީ މަރުކަޒަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހަވީރު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރަށްރަށުގެ އާއްމު ސިއްހީ ހިދުމަތްތެރިން، ގަވައިދުން ގޭގެއަށް ޒިޔާރަތްކޮށް، ވަކިވަކި ފަރުދުންގެ ހާލުއަހުވާލު ބަލައި، ސއްހީ ގޮތުން ރައްޔިތުންނަށް ބޭނުންވާ މައުލޫމާތާއި އިރުޝާދު ފޯރުކޮށްދިނުމަކީ، މިހާރު އަލުން ފަށަންވެފައި އޮތް ކަމެއް ކަމަށެވެ.

އެކަމަށް ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް އެމަނިކުފާނު ވަނީ ސިއްހީ ހިދުމަތްދޭ އިދާރާތަކަށާއި ކައުންސިލްތަކަށް އިލްތިމާސް ކުރައްވައިފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި ރައިސް ވިދާޅުވީ، އެ ގާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ ސަބަބުން، ރަށްރަށުގެ އާންމު ސިއްހީ ނިޒާމު ހަރުދަނާވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

''ރައްޔިތުންނަށް ދޭންޖެހޭ ސިއްހީ ހިދުމަތްތައް މިހާރަށްވުރެ ފުޅާކޮށް، މިހާރަށްވުރެ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުންނަށް މަގުފަހިކޮށްދިނުމަކީ، ރާއްޖޭގެ ހުރިހާ ކައުންސިލަރުންނަށް އަޅުގަނޑު ކުރާ ވަރަށް މުހިންމު އިލްތިމާސެއް.'' ރައިސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ބަދަލުތައް ގެނައީ، ރައްޔިތުން އެދޭގޮތަށް ރައްޔިތުންނާ ވީހާ ގާތުން ހިދުމަތް ދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށެވެ. އެހެންވެ އެބަދަލުތަކާއެކު، ބަލިވުމުގެ ކުރިން، ބަލިން ދުރުކުރެވޭނެ އާންމު ސިއްހަތުގެ ރަނގަޅު ނިޒާމެއް، ރަށްރަށުގައި ގާއިމުކުރުމަށް ކައުންސިލްތަކުން އިސްނަގައިގެން މަސައްކަތްކޮށްދިނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

މާޒީގައި ސިއްހީ އެހީތެރިން ކޮށްދެއްވި އަގުހުރި ހިދުމަތްތައް ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ގައިން ގަޔަށް އަރާ ބަލިތައް ބަލިތައް ނައްތައިލުމުގައި، ކުރު މުއްދަތެއްގެ ތެރޭގައި، ރަނގަޅު ކާމިޔާބެއް ހޯދުނީ، އާންމު ސިއްޙަތަށް އިސްކަންދީގެން، ވަރަށް ރޭވުންތެރިކަމާއެކު ކުރެވުނު މަސައްކަތްތަކެއްގެ ސަބަބުން ކަމަށެވެ.

ރާއްޖޭގެ ސިއްހީ ހިދުމަތުގެ ތާރީހަށް ބަލާއިރު، އެންމެ ކާމިޔާބު ދުވަސްވަރެއްގެ ގޮތުގައި ފާހަގަކުރެވެނީ، ޖަމާއަތުގެ ސިއްހީ އެހީތެރިންނާއި، އާއިލާގެ ސިއްހީ އެހީތެރިންގެ ދައުރު ފުޅާވެގެން އައި ދުވަސްވަރު ކަމަށް ރައީސް ވިދާޅުވިއެވެ.

''އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ފަސޭހަކަމާއެކު ގައިން ގަޔަށް އަރާ ބަލިތައް، އާދެ، މެލޭރިއާ، ފައިލޭރިއާ، ޕޯލިއޯ، ޓެޓްނަސް އަދި ހިމަބިހިފަދަ ބަލިތައް ކޮންޓްރޯލްކޮށް، ރާއްޖެއިން ނައްތައިލެވުނީ، އާންމު ސިއްހަތާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް، ސިއްހީ އެހީތެރިން މެދުވެރިކޮށް، މުޅި ރާއްޖޭގައި ހިންގި ކާމިޔާބު ހަރަކާތްތަކުން.'' ރައީސް ވިދާޅުވިއެވެ.

ރައިސް ސޯލިހު ވިދާޅުވީ މިއަދު އެފަދަ ބަލިތައް ނެތަސް، ސިއްހީ ގޮތުން މިހާރު ކުރިމަތިވެފައި ހުރި ނުރައްކާތައް ވަކި ކުޑައެއް ނޫން ކަމަށެވެ.

މިހާރު ސިއްހީ ގޮތުން އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ގައިން ގަޔަށް ނާރާ ބަލިތައް، ދިވެހިންގެ ތެރޭގައި އާދަޔާ ހިލާފަށް އިތުރުވުންކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މިހާރު އެންމެ ގިނަ ދިވެހިން މަރުވަނީ ކެންސަރާއި، ހިތުގެ ބަލިތަކާއި، ސްޓްރޯކާއި، ފުއްޕާމޭގެ ބަލިތަކާއި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...