ޔާމީނަށް ދުވަހަކު ވެސް މައާފެއް ނުކުރާނަން: ނަހުލާ
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދުވަހަކުވެސް މަޢާފު ނުކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވެފައި ވަނީ މިރޭ ހުޅުމާލޭގައި ހޮޓަލެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. ނަހުލާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައިވެސް ރައީސް ޔާމީނަށް މައާފު ނުކުރާނެ ކަމަށް ވިދާޅުވި ކަމަށާއި އަދިވެސް އެކަމަނާ ހުންނެވީ އެގޮތަށް ކަމަށެވެ.
ނަހުލާ މިހެން ވިދާޅުވެފައި ވާއިރު އެކަމަނާގެ ފިރިކަލުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ޕީޕީއެމްގެ ބައެއް ކެންޑިޑޭޓުންނަށް ތާއީދުކުރައްވާނެ ކަން ހާމަކުރައްވާފައެވެ. އެހެން ނަމަވެސް މިރޭ ނަހުލާ ވިދާޅުވީ ޔާމީނުގެ ތާއީދުގައި މަޖިލީހަށް ކުރިމަތިލާ ކެންޑިޑޭޓުންނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް