ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުންނަ ވެލާނާގެ
ހަބަރު 03 Feb 2026 | 17:32

ރޯދަ އިނާޔަތް ދިނުން، އަންނަ ހަފްތާގެ ބްރާސްފަތި ދުވަހު

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ކުރިއަށްއޮތް ރަމަޟާންމަހުގެ ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާ އަންނަ ހަފްތާގެ ބްރާސްފަތިދުވަހު ދީ ނިންމުމަށް ފިނޭންސް މިނިސްޓްރީން ސަރުކާރު އޮފީސްތަކަށް އަންގައިފިއެވެ.

ފިނޭންސް މިނިސްޓްރީން އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާ މިމަހުގެ 12 ވަނަ ދުވަހު ދިނުމަށް ނިންމާފައިވާކަމަށެވެ. ފިނޭންސުން ވަނީ ރޯދަ އިނާޔަތުގެ ގޮތުގައި ދޭ ފައިސާ މިމަހުގެ 18 ވަނަ ދުވަހުގެ ކުރިން އެ ފައިސާ ޕަބްލިކް އެކައުންޓިން ސިސްޓަމަށް އަޕްލޯޑުކޮށް ނިންމުމަށް އަންގާފައެވެ.

ފިނޭންސުން އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ވަނީ ރޯދަމަސް ފެށޭއިރު "ޕޭ ލީވް"އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުއައްޒަފުންނަށް ރޯދަ އެލަވަންސް ނުދޭން އަންގާފައެވެ. އަދި އެފަދަ މުއައްޒަފަކަށް އިނާޔަތް ދޭނީ އޭ މުއައްޒަފަކު ރޯދަމަހު ވަޒީފާއަށް ނިކުންނަ ދުވަހަށް ބަލައިގެން ޖެހޭ ނިސްބަތަށް ބަލައިގެންނެވެ.

ޤާނޫނުން ލާޒިމްކުރަނީ ރޯދަ އިނާޔަތުގެ ގޮތުގައި މުސްލިމް ކޮންމެ މުއައްޒަފަކަށް 3،000 ރުފިޔާ ދިނުމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...