ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ބެންކޮކުން ދިވެއްސެއް ހައްޔަރުކޮށްފި
ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ތައިލެންޑްގެ ވެރިރަށް، ބެންކޮކުން ދިވެއްސެއް ހައްޔަރުކޮށްފިއެވެ.
ތައިލެންޑް ގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، އިނގިރޭސިވިލާތުން ފޮނުވި ޕްރޮޓިން ސަޕްލިމެންޓް ކޮންޓެއިނަރެއްގެ ތެރެއިން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ތިން ކިލޯގެ މެފެޑްރޯން ވަނީ އެގައުމުގެ ފުލުހުން އަތުލައިގެންފައެވެ.
މިއީ ކެޓަގަރީ އެކަކަށް ނިސްބަތްވާ މަސްތުވާތަކެތީގެ ބާވަތެކެވެ.
އެއާއިއެކު، މި ޕެކޭޖް ނަގަން އުޅުނު ދިވެއްސެއް މައްސަލަގައި ހައްޔަރުކޮށްފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.
މަސްތުވާތަކެތީގެ ނެޓްވޯކަކާ ގުޅުން ހުރި ތަހުގީގުތަކެއް ފުލުހުން ކުރިއަށް ގެންދާތީ ދިވެހި ފިރިހެންމީހާ ހިމެނޭހެން މި މައްސަލައިގައި ހިމެނޭ މީހުންގެ ނަންތައް ހާމަނުކުރުމަށް ބެންކޮކް ފުލުހުން ނިންމާފައިވާކަމަށް އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް