މޫނުބުރުގާގެ ސަަބަބުން ވަޒީފާ ގެއްލިފައިވާނަަމަ ރިޕޯޓްކުރޭ: އެޑިއުކޭޝަން
ފާއިތުވެދިޔަ ސަރުކާރުގައި މޫނު ބުރުގާ އެޅުމުގެ ސަބަބުން ވަޒީފާ ގެއްލުނު ފަރާތްތަކުން، އެ މައްސަަލަތައް އެޑިއުކޭޝަން މިނިސްްޓްރީއަށް ރިޕޯޓްކުރުމަށް އެދިއްޖެއެވެ.
ވޮއިސްއަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ މޫނުބުރުގާާ އެޅުމުގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ފަރާތްތަކުގެ ތެރެއިން މައްސަލަ ހުށައަޅާފައިވާ ހުރިހާ ފަރާތަކަށް އަނބުރާ ވަޒީފާ އިޔާދަކޮށްދީފައިވާނެކަމަށެވެ.
އޮފިޝަލް މިހެން ވިދާޅުވި ކަމުގައިވިޔަސް، ވަޒީފާ ދީފައިވަނީ ވަކި ފަރާތްތަކަކަށް ކަމަށްބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިޔާގައި ވަނީ އަޑު އުފުލާފައެވެ.
ކުރިއަށް އޮތްތަނުގައިވެސް އެފަދަ މައްސަލައެއް ދިމާވެފައިވާ ބޭފުޅުން، އެ މައްސަލަަތައް އެޑިއުކޭޝަން މިނިސްޓްރީއަށް ރިޕޯޓްކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް