ގެމަނަފުށީގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ކުރިއަށް: އާރުޑީސީ
ގ.އ ގެމަނަފުށީގައި އިމާރާތް ކުރާ މިސްކިތުގެ މަސައްކަތް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާކަމަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.
އާރްޑީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ގއ. ގެމަނަފުށީގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތްތަކުގެ ފެންސު ޖެހުމުގެ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.
މި މިސްކިތުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން އާރްޑީސީއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 5 އޮގަސްޓް 2025 ގައެވެ.
މިއީ 7،780،395.62 ރުފިޔާއަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މަސައްކަތް އެއްކޮށް ނިންމުމަށް ދީފައިވަނީ 240 ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް