ސާފް ވުމެންސް ފުޓްސަލް މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މިމަހު ތައިލެންޑްގައި ފެށުމަށް ހަމަޖެހިފައިވާ ސާފް ވުމެންސް ފުޓްސަލް މުބާރާތުގައި ވާދަކުރާ ރާއްޖޭ ޓީމުގެ ފައިނަލް ސްކޮޑް އިއުލާނުކޮށްފިއެވެ.
މުބާރާތުގައި ވާދަކުރާ 14 ކުޅުންތެރިންގެ ލިސްޓް އިއުލާނުކޮށްފައިވާއިރު، މުބާރާތުގެ ރާއްޖޭގެ ޓީމުގެ ކޯޗަކީ އާތިފް މުހައްމަދެވެ. އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މުހައްމަދު އިހްސާން ސައީދު ހަމަޖައްސާފައިވާއިރު، ގޯލް ކީޕަރުގެ ކޯޗަކީ އިބްރާހިމް އަހުމަދެވެ. އަދި މެނޭޖަރަކީ އާއިމިނަތު ޝިޔާނާއެވެ.
މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމްގެ ސްކޮޑް:

މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތައް މިދިޔަ މަހު ފެށިއިރު، މުބާރާތް ފަށާނީ ޖެނުއަރީމަހުގެ 13 ވަނަ ދުވަހެވެ. ސާފް ވުމެންސް ފުޓްސަލް ޗެމްޕިއަންޝިޕް 2026 ހުޅުވާ މެޗުގައި ދިވެހިރާއްޖެ ނިކުންނާނީ އަވައްޓެރި އިންޑިއާ އާ ދެކޮޅަށެވެ. އެ މެޗް ފެނިގެންދާނީ ރާއްޖެގަޑިން މެންދުރު 14:00 ގައެވެ.
މިފަހަރުގެ މުބާރާތުގެ މެޗްތައް ޖެނުއަރީ 25ގެ ނިޔަލަށް ކުރިއަށްދާއިރު މިފަހަރުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ނޮންތަބުރީ ސްޓޭޑިއަމްގައެވެ. މުބާރާތުގައި އިންޑިއާގެ އިތުރުން ޕާކިސްތާން، ސްރީލަންކާ، ބޫޓާން، އަދި ބަނގްލަދޭޝް ވާދަކުރާނެއެވެ. މުބާރާތުގެ ޗެމްޕިއަންކަން ލިބޭނީ ކުޅޭ މެޗްތަކަށްފަހު އެންމެގިނައިން ޕޮއިންޓް ލިބޭ ޓީމަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް