މާފަރު އެއަރޕޯޓްގެ މަސައްކަތް ފެބްރުއަރީ މަހު ނިންމާލަނީ
ނ.މާފަރުގައި ތަރައްގީ ކުރަމުންދާ ރީޖަނަލް އެއަރޕޯޓުގެ މަސައްކަތް އަންނަމަހުގެ 28 އަށް ނިންމާލެވޭނެކަމަށް ރީޖަނަލް އެއަރޕޯޓްސްއިން ބުނެފިއެވެ.
މީޑިޔާތަަކަށް މައުލޫމާތު ދެއްވަމުން ރީޖަނަލް އެއަރޕޯޓްސްގެ ޑިރެކްޓަރ ސާމީ އަގީލް ވިދާޅުވީ އެ އެއަރޕޯޓްގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ފެބްރުއަރީމަހުގެ 28އަށް ނިމޭނެކަމަށެވެ.
އެއީ ކޮންޓްރެކްޓަރ އެ އެއަރޕޯޓުގެ މަސައްކަތް ނިންމަން ބުނި ތާރީޚަށްވުރެ ކުރީގެ ތާރީޚެއްކަން ސާމީ ފާހަަގަކުރެއްވިއެވެ.
ސާމީ އިތުރަށް ވިދާޅުވީ މަސައްކަތް ނިމިގެންދާއިރު އެއާޕޯޓުގައި، ވީ.ވީ.އައި.ޕީ ލޮންޖަކާއި، ސިޓީ ހޮޓަލެއްވެސް ތަރައްޤީވެގެން ދާނެ ކަމަށެވެ.
މި އެއަރޕޯޓުގައި 2200 މީޓަރުގެ ރަންވޭއަކާއި އެކު ޕްރައިވެޓް ޖެޓް ޕާރކިންގ ޒޯނެއްވެސް އޮވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް