ސުޝްމާ ސްވަރާޖްއާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި
އެކުވެރި އަރަބި އިމާރާތުގެ ވެރިރަށް އަބޫދާބީގައި މިހާރު ކުރިއަށްދާ އޯއައިސީގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ ޚަވާސާގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އަދި އިންޑިޔާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ސުޝްމާ ސްވަަރާޖް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ސަރަހައްދީ މައްސަލަތަކާއި ދެ ގައުމުގެ ގުޅުންތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން މި ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިޔާއަށް ކުރެއްވި ދަތުރުތަކުގެ ތެރޭގައި ސޮއިކުރެވުނު އެއްބަސްވުންތަކުގައި ވާކަންކަމުގެ މަސައްކަތްތައް ދާ މިންވަރާއި ބެހޭގޮތުން ދެބޭފުޅުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މި ބައްދަލުވުމުގައި ސުޝްމާ ސްވަރާޖް ވަނީ އިންޑިޔާ އަދި ޕާކިސްތާނުގެ މެދުގައި އުފެދިފައިވާ މައްސަލައިގައި އިންޑިޔާގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.
މިކަމާއި ގުޅިގެން މިނިސްޓަރ ޝާހިދު ވަނީ ރާއްޖެއިން އަބަދުވެސް ނިރުބަވެރިކަމާއި ދެކޮޅުވެރިވާނެކަމަށާއި، އަދި ދެ ގައުމުންވެސް ސުލްހަ މަސަލަސްކަން އިސްކޮށް މަޝްވަރާގެ މޭޒަށް އައުމަށް އެދިވަޑައިގަންނަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް