2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަމަށް ޝަރީފް ހުރަސްއެޅި: ފުއާދު ތައުފީގު
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަމަށް އިލެކްޝަންސް ކޮމިޝަންގެ މިހާރުގެ ރައީސް އަހުމަދު ޝަރީފް ހުރަސްއެޅުއްވިކަަމަށް އެ ކޮމިޝަންގެ އޭރުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
ފުއާދު މިހެން ވިދާޅުވީ އެ އަހަރުގެ ރިޔާސީ އިންތިޚާބުގެ ރަޖިސްޓްރޭޝަނަށް ޝަރީފާއި އެހެން ދެ ފަރާތަކުން ހުރަސްއެޅި ކަމަށްބުނާ މައްސަލައެއްގެ ސިޓީއަކީ ތެދުކަން ޓްވިޓަރގައި ޔަގީންކޮށްދެއްވަމުންނެވެ.
ފުއާދު އިތުރަށް ވިދާޅުވީ ޝަރީފަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ރެޖިސްޓްރޭޝަން ޕްރޮސެސް އަށް ހުރަސްއެޅި މީހެއްްކަމަށާއި މިހާރު އެ އިންނެވީ އީސީގެ ރައީސްގެ ގޮނޑީގައި ކަމަށެވެ.

އަދި މި ގައުމުގަ ކޮންމެ ކަމެއްވެސް ވެދާނެކަމަށް ފުއާދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް