ހުޅުމާލޭގައި ކުޑަކުދިންނާއި ބެހިގެން ގަންހިންގުވި މީހާ ކޯޓުން ދޫކޮށްލައިފި
މިދިޔަ މެއިމަހުގެ 26 ވަަނަ ދުވަހުގެ ރޭ ކުޑަކުދިންތަކަކާއި ޖިންސީ ގޯނާ ކުުރިކަމުގެ ތުހުމަތުގައި ހުޅުމާލޭގެ މަގުމަތީގައި ގަންހިންގުވުމަށްފަހު ފުލުހުންގެ ހައްޔަރަށް ގެންދެވުނު 19އަހަރުގެ ފިރިހެން މީހާ ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު ޖަހަން ގެންދިއުމުން ކްރިމިނަލް ކޯޓުން އެ ފިިރިހެންމީހާ ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކުރުމުގައި ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނު ތަކާއި ޚިލާފުވެފައިވާކަމަށް ޝަރީއަތަށް ސާބިތުވެގެންކަމަށް ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.
އެގޮތުން ޖިނާއީ އިޖުރާތުގެ ގާނޫނުގެ 45 ވަނަ މާއްދާގެ ހ އާއި ހިލާފަށް ފުލުހުން އަމަލުކޮށްފައިވާކަމަށް އޭނާގެ ވަކީލުން ވަނީ މިއަދުގެ ބަންދުގެ މަޖިލީހުގެ ޝަރީއަތަށް ސާބިތުކޮށްދީފައެވެ.
އެ މާއްދާގައި ބުނެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ނުވަތަ ކޯޓުގެ އަމުރަކާ ނުލާ ނަމަވެސް މީހަކު ހައްޔަރުކޮށްފިކަމުގައި ވާނަމަ ލަސްނުކޮށް އެންމެ ކައިރީގައިވާ ފުލުހުންގެ މަރުކަޒަކަށް އޭނާ ގެންދަން ވާނެކަމަށެވެ.
ނަމަވެސް އެ ފިރިހެންމީހާ ހުޅުމާލެ ނެއިބާހޫޑް 2 ގެ ފްލެޓް ކައިރިން ހައްޔަރުކުރި ނަމަވެސް އެ ނެއިބާހޫޑްގެ ފުލުހުންގެ މަރުކަޒަށް އޭނާ ގެންދިއުމުުގެ ބަދަލުގައި ގެންދިޔައީ ނެއިބާހޫޑް 1ގައި ހުންނަ މައި ފުލުހުންގެ މަރުކަޒަށްކަން ފާހަަގަކޮށްލެވެއެވެ.
މީގެ އިތުރުން މިއަދުގެ ބަންދުގެ މުއްދަތުގެ މަޖިލީހުގައި ވަނީ އެ ފިރިހެންމީހާ ބަންދުގައި ބަހައްޓާނެފަދަ އެކަށީގެންވާ ހެކިނެތްކަމަށްވެސް ބުނެފައެވެ. ނަަމަވެސް އޭނާ ވަނީ ވީޑިޔޯ މެދުވެރިކޮށް އެކުދިންނާއި ބެހުނު ކަމަށް އިއުތިރާާފުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް