އެމްޑީޕީގެ ރައީސަކަށް ރައީސް ނަޝީދު، ނައިބަަކަށް ޝިފާޒް!
އިއްޔެ ބޭއްވުނު އެމްޑީޕީގެ ލީޑަރޝިޕް އިންތިޚާބުގައި އެޕާޓީގެ ރައީސާއި ނައިބު ރައީސްކަމުގެ މަގާމަށް ކުރިންވެސް ތިބި ފަރާތްތަކުން އިންތިޚާބުވެއްޖެއެވެ.
އެގޮތުން އެމްޑީޕީގެ ރައީސްކަމުގެ މަގާމަށް ހޮވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެމަގާމަށް އެމަނިކުފާނު އިންތިޚާބުވެފައިވަނީ 23،369 ވޯޓުންނެވެ. ރައީސް ނަޝީދު އެމަގާމުގައި ބަހައްޓަން ނުފެންނަކަމަށް ވޯޓުލާފައިވަނީ 63ފަރާތުންނެވެ.
އެމްޑީޕީގެ ނައިބު ރައީސްކަމަށް މިހާރުވެސް އެމަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް އައްޔަންކޮށްފައިވަނީ 13،233 ވޯޓުންނެވެ. ޝިފާާޒާއި ވާދަކުރެއްވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމަށް ލިިބިލެއްވީ 9957ވޯޓެވެ.
މިއީ މިހާތަނަށް އިއުލާންކުރެވުނު 172 ވޯޓުފޮށީގެ ނަތީޖާއެވެ.
ފޮޓޯ: މިހާރު
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް