N/A
N/A
ހަބަރު 29 Jun 2019 | 10:07

ރާއްޖޭގައި ބޭރުގެ އެއްވެސް އަސްކަރީ ބޭސްއެއް ނެހެދޭނެ: އެމްއެންޑީއެފް

ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި ބޭރުގެ އެއްވެސް ގައުމެއްގެ އަސްކަރީ ބޭސްއެއް ނެހެދޭނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އެމްއެންޑީއެފުން މިއަދު ބޭއްވި ބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލު ވިދާޅުވީ، ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ބޭސް އެއް ހެދުމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ތަފާތު ވާހަކަތައް ދައްކަމުންދާކަމަށެވެ. ޝަމާލު ވިދާޅުވީ ރާއްޖޭގެ އެއްވެސް ހިސާބެއްގައި ބޭރުގެ އެއްވެސް ގައުމެއްގެ މިލިޓަރީ ބޭސްއެއް ހެދުމަށް ހުއްދަ ނުދޭނެ ކަމަށާއި އެކަމަށް އެއްވެސް ގައުމަކުން އެދިފައިވެސް ނުވާކަމަށެވެ.

އަދި އެފަދަ ކަމެއް ކުރުމުގެ ވިސްނުން ދިވެހި އަސްކަރިއްޔާއިންވެސް އަދި ސަރުކާރުންވެސް ނުގެންގުޅޭ ކަމަށާއި ނަމަވެސް މިލިޓަރީ ކެޕޭސިޓީ އިތުރުކުރުމަށް ބޭރުގެ އެހީތެރިކަން ހޯދުމުގެ ވިސްނުން އެބައޮތް ކަމަށް ޝަމާލު ވިދާޅުވިއެވެ. ޝަމާލު ވިދާޅުވީ އަސްކަރީ ތަމްރީނުތައް ހޯދުމަށް ދިވެހި ސިފައިން ބޭރު ގައުމުތަކުގެ އެހީ ހޯދަމުންދާކަމަށާއި މިއީ އަބަދުވެސް ހިންގާ ޕްރޮގްރާމްތަކެއް ކަމަށެެވެ.

ޝަމާލު ވިދާޅުވީ މެރިންކޯ ސިފައިން އަސްކަރީ ތަމްރީނުތައް ހެދުމަށް ބޭރުގެ ގައުމުތަކަށް ފޮނުވާ ކަމަށާއި އެގޮތުން މިހާރުވެސް ހަތް ޕްރިގްރާމެއް ކުރިއަށްދާކަމަށެވެ.

މީގެއިތުރުން އުތުރުގެ ތިލަފަޅުގައި އިންޑިއާގެ އަސްކަރީ ބޭސް އެއް ހެދުމަށް ތައްޔާރުވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ނޫސްވެރިއަކު ދެންނެވުމުން، ޖަވާބުގައި ޝަމާލު ވިދާޅުވީ ކޯސްޓްގާޑުގެ އުޅަނދު ފަހަރު މަރާމާތު ކުރުމަށް ތަނެއް ނެތުމުން ދަތިވާތީ، އުތުރުތިލަފަޅުގައި އެފަދަ ތަނެއް ހެދުމަށް ވިސްނަމުންދާކަމަށެވެ. އަދި އެކަމަށް ބޭރުގެ އެހީއެއް ހޯދަން ބަލާއިރު އިންޑިއާއިން އެކަމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވާކަމަށް ވިދާޅުވިއެވެ.

އެހެންކަމުން އުތުރު ތިލަފަޅުގައި ކޯސްޓްގާޑު މަރާމާތުކުރުމަށް ޑޮކްޔާޑެއް ހެދުމުގެ ވިސްނުން އެބަހުރިކަން ފާހަގަކުރައްވައި ޝަމާލު ވިދާޅުވީ، އުތުރު ތިލަފަޅުގެ ކޮންމެވެސް އެއް ހިސާބަކުން ކޯސްޓްގާޑުގެ ރިިޕެއާ ފެސިލިޓީއެއް ހެދިއްޖެނަމަ މިހާރަށްވުރެ ކޯސްޓްގާޑުގެ ހިދުމަތް އެތައް ގުނައެއް ފުޅާވެގެންދާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...