ގިނަ އަަދެއްގެ މީހުންނާއެކު މާލޭ ދެކުނު ފަރާތު ފަޅުން ނިކުންނަށް އުޅުނު ލޯންޗެއް އުރިއްޖެ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގިނަ އަދަދެއްގެ މީހުންނާއެކު މާލޭ ދެކުނު ފަރާތު ނެރުން ނިކުންނަން އުޅުނު ލޯންޗެއް ނެރުގެ އެއް ފަރާތު ގާތަކު މައްޗަށް އުރިއްޖެއެވެ.
އެވަގުތު އެ ސަރަހައްދުގައި ހުރި މީހަކު ވޮއިސްއަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ލޯންޗު އުރިފައިވަނީ، އުދަ އެރިވަގުތު ނެރުން ނިކުންނަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ. އެވަގުތު ލޯންޗުގައި 20 އަށްވުރެ ގިނަ މީހުން ތިއްބެވެ.
މިހާދިސާގައި ލޯންޗުގައި ތިބި މީހުންނަށް އަނިޔާވިކަމެއް އަދި ނޭނގެއެވެ. އަދި މިހާދިސާ އާ ގުޅިގެން ކަމާބެހޭ ފަރާތްތަކުގެ ބަހެއް އަދި ނުލިބެއެވެ.

މާލޭގެ އެކި ސަރަހައްދުތަކަށް މިއަދު މެންދުރުފަހު ވަނީ ވަރަށްބޮޑަށް އުދަ އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް