ރޯދަމަހުގެ ރޭގަނޑު 12ޖަހަންދެން ފިހާރަތައް ހުޅުވާފައި ހުންނާނެ
ރޯދަމަހުގެ ރޭގަނޑު 12 ޖަހަންދެން ފިހާރަތައް ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ އިކޮނޮމިކް މިނިސްޓްރީން ދީފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ރޯދަމަހާއި ޝައްވާލުމަހުގެ ފުރަތަމަ ހަތް ދުވަހު އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކީ މެންދަމު 12:00 ކަމަށެވެ.
އިމްޕޯޓް މުދާ ވިއްކާ ތަންތަން ހުޅުވާފައި ބެހެއްޓޭނެ އެންމެ ލަސް ގަޑިއަކަށް އެ ގަޑި ހަމަޖައްސާފައިވާއިރު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިވެސް އެ އުސޫލުގެ ދަށުން އަމަލު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ވަނީ ރޯދަމަހާއި ހަ ރޯދަ ތެރޭގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން އިރު އޮއްސޭއިރުން ފެށިގެން މެންދަމު 3:00 އަށް ހުޅުވާފައި ބެހެއްޓޭނެ ގޮތަށްވެސް ހަމަޖައްސާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް