ފުލުުހުންނަށް ތާރީޚާއި ގުޅޭ މައުލޫމާތު ދިނުމަށް ޕްރޮގްރާމެއް ފަށައިފި
ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ފުލުހުންގެ ޚިދުމަތުގެ ތާރީޚާއި ގުޅޭ މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮގްރާމް ފަށާފައި ވަނީ މިމަހުގެ 13 ވަނަ ދުވަހު ކަމަށެވެ. އަދި ޕްރޮގްރާމްގެ މަޤްސަދަކީ މުއައްސަސާގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީ ވެސް ފުލުހުންގެ ތާރީޚަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމުގެ މަޤުޞަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
ފުލުހުންގެ މުއައްސަސާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާމި ޕްރޮގްރާމް އިންތިޒާމުކޮށްފައިވަނީ ޕޮލިސް ހެރިޓޭޖް ސެންޓަރުންނެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި ރާއްޖޭގައި ފެށިގެން އައި ގޮތާއި ފުލުހުންގެ ޚިދުމަތްތަކަށް އައިސްފައިވާ ބަދަލުތަކާއި އެކި ދުވަސްވަރު ފުލުހުން ބޭނުންކޮށްފައިވާ އާލާތްތަކާއި ގުޅޭ މައުލޫމާތު ވެސް ދެވޭނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް