ފާރިސް މިފަހަރު ވާދަކުރައްވާނީ މައްޗަންގޯޅި އުތުރަށް!
މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ދިއްގަރު ދާއިރާގެ މެންބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން މައްޗަންގޯޅި އުުތުރު ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
ފާރިސްވަނީ އެކަން އިއުލާންކުރައްވައި، ޓްވީޓެއް ކުރައްވާފައެވެ.
ފާރިސް ވިދާޅުވީ މާތް ﷲ ގެ ހަޟުރަތުން ވާގި އެދިހުރެ، އެންމެނަށް އިންސާފާއި ހަމަހަމަ ފުރުޞަތު ހޯދައިދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.
ފާރިސް ފާހަގަކުރެވިފައިވަނީ މި ސަރުކާރު ވެެރިކަމަށް ގެނައުމަށް އެންމެ ބުރަ މަސައްކަތް ކުރެއްވި އެއްބޭފުޅާގެ ގޮތުގައެވެ. އެގޮތުން ފާރިސްވަނީ ހުރިހާ ޕާޓީތައް އެއްގަލަކަށް އަރުވައި، ރައްޔިތުންގެ މަޖިލީހުގެ އޭރުގެ ރައީސް އަހުމަދު މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަންގަަވަން މަސައްކަތްޕުޅު ކުރައްވާފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފާރިސް ވަނީ ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް