އދ.އޮމަދޫގައި މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ މީހަކު ކޮޓަރީގައި ރޯކޮށްލައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އދ.އޮމަދޫގައި މަސްތުގެ ހާލަތުގައި ހުރީ މީހަކު ކޮޓަރީގައި ރޯކޮށްލި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާ ގުޅޭގޮތުން ފުލުހުން ބުނީ، އދ.އޮމަދޫގައި މަސްތުގެ ހާލަތުގައި ހުރި މީހެއްކަމަށް ބެލެވޭ މީހަކު އަޑުގަދަކޮށް ހުތުރުބަހުން މުއާމަލާތްކޮށް ތަކެއްޗަށް ގެއްލުންދިން މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާކަމަށެވެ. އެމީހަކީ އޮމަދޫ ސްޓެއްލާ ގޭ އުމުރުން 32 އަހުމަދު ނާފިއުއެވެ.
ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރިކަމަށް ބެލެވޭ އެމީހާ ދިރިއުޅެމުންދާ ގޭގެ ކޮޓަރީގައި އަލިފާން ރޯކޮށްލިކަމުގެ މައްސަލައެއް ރޭގެ 21:27 ގައި ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި ހާދިސާގައި މީހަކަށް އަނިޔާ ނުވިނަމަވެސް ކޮޓަރީގައި ހުރި ގިނަ އަދަދެއްގެ ތަކެތި ވަނީ ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައެވެ.
މި މައްސަލާގައި އަހުމަދު ނާފިއު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް