މަޖީދިއްޔާ ސްކޫލްގެ ޑިނަރ ނައިޓް އަންނަ މަހުގެ ދެވަނަ ދުވަހު!
ދިވެހިރާއްޖޭގެ އެންމެ ގިނަދުވަސްވީ ސްކޫލްކަމުގައިވާ މަޖީދިއްޔާ ސްކޫލްގެ 92 ވަނަ އަހަރީ ދުވަހާއި ގުޅުވައިގެން ބާއްވާ ޚާއްސަ ޑިނަރ ނައިޓެއް އަންނަ މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
އޮގަސްޓް 2 ވާ ހުކުރު ދުވަހުގެ ރޭ އޮންނަ މި ޑިނަރ އޮންނާނީ މަޖީދިއްޔާ ސްކޫލްގައި އެރޭ 21:00އިން ފެށިގެން 23:00އަށެވެ.
"ވޮއިސް" އަށް މައުލޫމާތު ދެއްވަމުން މި ޑިނާނައިޓާ ބެހޭގޮތުން މަޖީދިއްޔާ ސްކޫލް ޕީޓީއޭގެ ނައިބު ރައީސް އަހްމަދު ނާފިއު ވިދާޅުވިގޮތުގައި މި ޑިނާނައިޓްގެ މައިގަނޑު ބޭނުމަކީ ސްކޫލު ދަރިވަރުން ކިޔެވުމަށް ބޭނުންވާ ޑިޖިޓަލް ލައިބްލަރީއެއް ޤާއިމް ކުރުމަށް ފަންޑު ހޯދުންކަމަށެވެ.
މަޖީދިއްޔާ ސްކޫލްގައި މިއަހަރު 1462 ކުދިން ތައުލީމް ހާސިލްކުރަމުން ގެންދެއެވެ.
މި ޑިނަރ ނައިޓްގައި މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަންގެ ރަނަރރަޕް އިބްރާހިމް ޝަލަބީއާއި ދަންމާާނު ބޮޑުބެރު ގްރޫޕްގެ ފޯރިގަދަ ހުށައެޅުންތަކެއް ފެނިގެންދާނެކަމަށް އެ ސްކޫލުން މައުލޫމާތު ދެއްވައެވެ.

މި ޑިނަރ ނައިޓްގެ ޓިކެޓެއް ވިއްކަމުންދަނީ 200ރުފިޔާއަށެވެ. މި ޓިކެޓްތައް މަޖީދިއްޔާ ސްކޫލުން ލިބޭނެއެވެ.އިތުރު މައުލޫމާތު އަދި ޓިކެޓްގެ ކަންތައްތައް ހަމަ ޖެއްސުމަށް 7337887 އަށް ގުޅުމަށް މަޖީދިއްޔާ ޕީޓީއޭއިން އިލްތިމާސްކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް