އީސީގެ ނައިބު ރައީސް ކަމަށް ނަޝާތު އައްޔަނުކޮށްފި
އިލެކްޝަން ކޮމިޝަން (އީސީ) ގެ ނައިބު ރައީސް ކަމަށް އަލީ ނަޝާތު އައްޔަންކޮށްފިއެވެ.
ނަޝާތު މިމަގާމަށް އައްޔަނުކޮށްފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއީލް ހަބީބްގެ މެންބަރުކަމުގެ ދެ ދައުރު ހަމަވެ، ކޮމިޝަނުން ވަކިވެވަޑައިގަތުމުންނެވެ.
އިލެކްޝަން ކޮމިޝަނުގެ 820 ވަނަ ޢާންމު ޖަލްސާގައި ނަޝާތު މި މަގާމަށް އައްޔަނު ކުރި އިރު، އީސީގެ މެންބަރު ކަމަށް ނަޝާތު އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެ ކޮމިޝަންގެ ޑިރެކްޓަރެއްގެ މަގާމުގައެވެ.
އީސީގެ މެންބަރު ކަމަށް ނަޝާތު އެންމެ ފުރަތަމަ އައްޔަންކުރެއްވީ ޖޫން 25، 2018 ގައެވެ. އީސީގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް އޭނާ އައްޔަންކުރެއްވީ ނޮވެމްބަރު 16، 2023 ގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް