ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
މި މަހުގެ 12 ވަނަ ދުވަހު އެމްޑީޕީން މުޒާހަރާ ކުރަން ނިންމައިފި އެވެ.
އޮގަސްޓް 12 ވަނަ ދުވަހަކީ ރާއްޖޭގެ ސިޔާސީ ތާރީހުގައި ހާއްސަ ދުވަހެކެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަލުގައި ބަޑި ޖެހުމުގެ ހާދިސާއެއް ހިނގި ދުވަހެވެ. އެ ދުވަހު ޖަލުގައި އީވާން ނަސީމް ކިޔާ ޒުވާނަކު ނިޔާވި އެވެ.
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައްޔިތުންނަށް މިއަދު ވަރަށް ދަތިތަކާއި ދިމާވެފައިވާ ކަމަށާ އެކަންކަމާއި ދެކޮޅަށް އަޑުއުފުލަން ޖެހޭ ކަމަށެވެ. ހާއްސަކޮށް ތަކެތީގެ އަގު ބޮޑުވުމަކީ ކަންބޮޑުވުން އޮތް ކަމެއް ކަމަށާ އެކަމާއި އަޑުއުފުލަން ނިކުންނަން ޖެހޭ ކަަމަށެވެ. މީގެ އިތުރުން ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި އިގްތިސާދީ ގޮތުން ރާއްޖެ އޮތް ހާލަތާމެދު އަޑުއުފުލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް