ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް މަހާޒު އައްޔަންކުރުމަށް މަޖިލީހުން ނިންމައިފި
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޛު މަހާޒު އަލީ ޒާހިރު އައްޔަންކުރުމަށް މަޖިލީހުން ނިންމައިފިއެވެ.
މި މަގާމަށް މަހާޒު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ވަނީ ރުހުންދީފައެވެ. މަހާޒަށް ވަނީ 55ވޯޓު ލިބިލައްވާފައެވެ.
މަހާޒު މި މަގާމަށް އައްޔަންކުރުމަށް އެމްޑީޕީން ތްރީ ލައިން ވިޕެއް ނެރެނުކަަމަށް ވޮއިސްއަށް ވަނީ މައުލޫމާތު ލިިބިފައެވެ.
މަހާޒު މީގެ ކުރިން ހުންނެވީ ޑްރަގް ކޯޓުގެ އިސްގާޒީގެ ގޮތުގައެވެ. އެބޭފުޅާ އިތުރުން މި މަގާމަށް ވާދަކުރެއްވީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ ދިޔާނާ ސައީދެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް