ދަރުމަވަންތަ ހޮސްޕިޓަލަކީ އަވަށްޓެރި ގައުމެއްގެ ބައެކޭ ބުނިނަމަ މާ ރަނގަޅުވީސް: އަދުރޭ
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވަން ސަރުކާރަށް ނުކެރެނީ ކީއްވެގެންކަން ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ލ.ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ހާމަކޮށްދެއްވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމާއި ގުޅިގެން "ވޮއިސް" އިން ކުރި ސުވާލަކަށް އައިޖީއެމްއެޗްގެ މާކެޓިންގ މަލާހާ ވިދާޅުވިގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލްއަކީ އައިޖީއެމްއެޗް ގެ ބައެއްކަމަށް ހަމަޖައްސާފައިވާކަމަށާއި އެހެންކަމުން ދަރުމަވަންތަ ރަސްމީކޮށް ނުހުޅުވާނެކަމަށެވެ. އެކަމާ ގުޅިގެން އަބްދުއްރަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވަން މި ސަރުކާރަށް ނުކެރޭނެ ކަމަށެވެ. އަދި ހުޅުވަން ބާއްވާ ޖަލްސާގައިވެސް ސަރުކާރަށް ދައްކާނެ ވާހަކައެއް ނެތް ކަަމަށްވެސް ވިދާޅުވިއެވެ.
"އެހެންވެ ބަހަނާ ދައްކަނީ. އެެހެންޏާފަހެ، އެއީ އައިޖީއެމްއެޗްގެ ބައެކޭ ބުނުމުގެ ބަދަލުގައި އަވަށްޓެރި ގައުމެއްގެ ބައެކޭ ބުނިނަމަ މާ ރަނގަޅުވީހެއްނު" އަބްދުއްރަހީމް ވިދާޅުވިއެވެ.
ސިއްހީ ޚިދުމަތް ކުރިއަރުވައި ތަރައްގީ ކުރަން ހުރި ގޮންޖެހުންތަކަށް ހައްލު ހޯދަން ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތް ކުރަން ފެށީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައެވެ. .
ރާއްޖޭގެ އެންމެ އަގު ބޮޑު އިމާރާތް، ސިންގަޕޫރުގެ ޝެންހުއާ ކުންފުންޏާ 143 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) އަށް ހަވާލުކޮށް ޖޫން، 5، 2016 ގައި މަސައްކަތް ފެށީ ދެ އަހަރުން ނިންމުމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް