ިއިތުބާރުހިފޭ މުއައްސަސާއެއްގެ ގޮތަށް ފުލުހުން އޮންނާނެކަމަށް އުއްމީދުކުރަން: ކާނަލް ނާޒިމް
ފުލުހުންނަކީ ރައްޔިތުންނަށް އިތުބާރުހިފޭ މުއައްސަސާއެއްގެ ގޮތަށް ދެމިއޮންނާނެކަމުގެ އުއްމީދުކުރައްވާކަމަށް ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ކާާނަލް ނާޒިމް މިހެން ވިދާޅުވީ އެކްޓިންގް ކޮމިޝަނަރ އޮފް ޕޮލިސް، މުހައްމަދު ހަމީދާއި މިއަދު ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ އެބޭފުޅާގެ އުއްމީދަކީ ފުލުހުންގެ އަބުރުވެރި ނަން ދަމަހައްޓައި، ރައްޔިތުންގެ އިތުބާރު ހިފޭ މުއައްސަސާއެއްގެ ގޮތުގައި އެ އިދާރާ ދެމިއޮތުން ކަމަށެވެ.
ނާޒިމް އިތުރަށް ވަނީ 2015 ޖެނުއަރީ 18 ވަނަ ދުވަހުގެ އޭރުގެ ސަރުކާރުން ހިންގި ޖަރީމާ ތަހުގީގު ކޮށް އެ ޖަރީމާގައި ޒިންމާވާ ފަރާތްތަށް އިންސާފުގެ ކުރި މައްޗަށް ގެންދަން ޖެހޭ ކަމަށް ގަބޫލު ކުރައްވާތީ އެވާހަކަ ސިޓީއެއްގެ ޒަރީއާއިން ފުލުހުންނަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ.
ކާނަލް ނާޒިމް ވަނީ މިއަހަރު އޮތް މަޖިލިސް އިންތިޚާބުގައި އދ.ދަނގެތީ ދާއިރާއަށް ވާދަކުރެއްވުމަށް ކެމްޕެއިން ފައްޓަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް