އެޖެންޑާ19 ވަގުތުން ތަންފީޒުކުރުމަށް ގޮވާލަން: އަލްހާން
އެމްޑީޕީގެ އެޖެންޑާ19 ވަގުތުން ތަންފީޒުކުރުމަށް މަޖިލިސް އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ، އެ އިންތިޚާބުން ބަލިވެ ވަޑައިގަތް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.
އަލްހާން މިހެން ގޮވާލެއްވީ ޓްވިޓަރ މެދުވެރިކޮށެވެ.
އެބޭފުޅާ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ، އެމަނިކުފާނު އިސްކަން ދެއްވާނީ ކޮން ކަންތައްތަކަކަށްތޯ ސުވާލު އުފައްދަވާފައެވެ.
އެގޮތުން އެއީ ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން ހޯދުންތޯ، ރައީސް ޔާމީން ހައްޔަރުކުރުންތޯ، އުއްތަމަ ފަނޑިޔާރަށް އަލްެއުސްތާޛު ހުސްނުއްސުއޫދު އައްޔަންކުރުންތޯ ފަދަ ކަންކަންތޯ އަލްހާން ވަނީ ސުވާލު އުފައްދަވާފައެެވެ.
އެޖެންޑާ19 ވަގުތުން ތަންފީޒުކުރެއްވުމަށް އަލްހާން ގޮވާލެއްވިއިރު، އެމްޑީޕީއަށް މެޖޯރިޓީ ލިބުނު 19ވަނަ ރައްޔިތުންގެ މަޖިލިސް އަދި ހުވާކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް